ރަށު ފަތުރު ލޯނުގެ މުހިއްމު ބައިތައް
200,000 ރުފިޔާ އާއި 5,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް ލޯނު ދޫކުރެވޭ
![](images/FeatureIcon/Viyafaari_Ehee_D.png)
އިންޓަރަސްޓްގެ ގޮތުގައި އަހަރަކު %4 - %9
![](images/FeatureIcon/Viyafaari_Ehee_E.png)
އަމިއްލައަށް ކުރަންޖެހޭ ހަރަދު ކަނޑައަޅާނީ މަޝްރޫއަށް ބެލުމަށްފަހު (އެންމެ ގިނަވެގެން މަޝްރޫއުގެ ޖުމްލަ އަދަދުގެ %20)
![](images/FeatureIcon/Viyafaari_Ehee_F.png)
ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 10 އަހަރު (ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 18 މަސްދުވަސް)
![](images/FeatureIcon/Viyafaari_Ehee_G.png)
ރަހުނު ހުށަހަޅަން ޖެހޭނެ ހާލަތްތައް (ހުށަހެޅޭ ރަހުނަކީ މިކޯޕަރޭޝަނުން ގަބޫލުކުރާ އަދި ލޯނާ އެކަށޭނެ ރަހުނަކަށް ވާންވާނެ)
-
މަޝްރޫއުގެ ރިސްކަށް ބެލުމަށްފަހު
-
ލޯނުގެ އަދަދު 500,000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ (އަލަށް ފަށާ ވިޔަފާރިއެއް ނަމަ ނުވަތަ ވިޔަފާރި ހިންގާތާ 6 މަސްދުވަސް ނުވާ ފަރާތެއްނަމަ)
-
ލޯނުގެ އަދަދު 1,000,000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ (ވިޔަފާރި ހިންގާތާ 6 މަސްދުވަސް ވެފައިވާ ފަރާތެއްނަމަ)
![](images/FeatureIcon/Viyafaari_Ehee_H.png)
އެސްޑީއެފްސީ އިން ފައިނޭންސް ކުރާ ގެސްޓް ހައުސްތައް ހުންނަންވާނީ ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާއި ބެހޭ ގަވާއިދާއި އެއްގޮތަށް
![](images/FeatureIcon/Viyafaari_Ehee_H.png)
އަލަށް ފަށާ ގެސްޓްހައުސްތަކުގައި މަދުވެގެން 6 ކޮޓަރި ހުންނަންވާނެ
![](images/FeatureIcon/Viyafaari_Ehee_H.png)
ރަށު
ފަތުރު
ރަށު ފަތުރު ލޯނު ތައާރަފްކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމުގެ މަގު ފަހި ކޮށްދިނުމެވެ. "ރަށު ފަތުރު" ގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތަކަށާއި ކުރިއަރަމުންއަންނަ ވިޔަފާރިތަކަށް ފަތުރުވެރިކަމުގެ ދާއިރާ އަދި މިދާއިރާއާއި ގުޅުންހުރި ވިޔަފާރިތަކަށް ވަނުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެއެވެ.
ރަށުފަތުރު ލޯނު ބޭނުންކުރެވިދާނެ މަގްސަދު
އަލަށް ފަށާ ގެސްޓްހައުސްތަކަށް) މިލޯނުދިނުމުގައި މިވަގުތު އިސްކަންދެވޭނީ ރަށުފަތުރުވެރިކަން ފުޅާދާއިރާއެއްގައި ތަރައްގީވެފައިނުވާ ސަރަހައްދުތަކަށް. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދު އަދި ކ.މާފުށީގައި އަލަށް ގެސްޓްހައުސް ގާއިމްކުރުމަށް ލޯނު ދޫކުރުންވަނީ މެދުކަނޑާލެވިފައި)
![](images/Rashu_Fathuru_A.png)
މިހާރު ހިނގަމުންދާ ގެސްޓްހައުސްތަކުގެ މަރާމާތުކުރުމަށް
![](images/Rashu_Fathuru_A.png)
ގެސްޓްހައުސް ވިޔަފާރިއާއި ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް
![](images/Rashu_Fathuru_A.png)
ދުވަހުން ދުވަހަށް ބޭނުނުންވާ ހަރަދުތައް ކުރުމަށް
![](images/Rashu_Fathuru_C.png)
ވިޔަފާރި އިސްތިހާރުކުރުމަށް
![](images/Rashu_Fathuru_D.png)
ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް
![](images/Rashu_Fathuru_D.png)