ރަށު ފަތުރު ލޯނުގެ މުހިއްމު ބައިތައް
200,000 ރުފިޔާ އިން ފެށިގެން 5,000,000 ރުފިޔާ އާއި ހަމައަށް ލޯނު ލިބޭ

އިންޓަރެސްޓްގެ ގޮތުގައި އަހަރަކު %4 އިން ފެށިގެން

އަމިއްލައަށް ކުރަންޖެހޭ ހަރަދު ކަނޑައަޅާނީ މަޝްރޫޢަށް ބެލުމަށްފަހު (އެންމެ ގިނަވެގެން މަޝްރޫޢުގެ ޖުމްލަ އަދަދުގެ %20)

އަނބުރާ ދެއްކުމަށް 10 އަހަރުދުވަސް (ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 18 މަސްދުވަސް)

ލޯނުގެ އަދަދު 1,000,000 ރުފިޔާއަށްވުރެ ބޮޑުވާނަމަ ނުވަތަ މަޝްރޫޢުގެ ރިސްކަށް ބެލުމަށްފަހު އެސް.ޑީ.އެފް.ސީން އެދިއްޖެމަނަ މި ކޯޕަރޭޝަނުން ޤަބޫލުކުރާ އަދި ލޯނާއި އެކަށޭނެ ރަހުނެއް ހުށަހަޅަންވާނެ

އައު ގެސްޓްހައުސްތަކަށް ލޯނު ދިނުމުގައި ގެސްޓްހައުސް ހިންގުމަށް ގަސްތުކުރާ ރަށުގައި އިންފްރާސްޓްރަކްޗަރ ޤާއިމްވެފައި ހުރުން، އެއާޕޯޓާއި ކައިރި ރަށަކަށްވުން އަދި ފަތުރުވެރިން ޝަޢުޤު ވެރިވާނެފަދަ ވަސީލަތްތައް އެކުލެވޭ ސަރަހައްދަކަށްވުން

އަލަށް ފަށާ ގެސްޓްހައުސްތަކުގައި މަދުވެގެން 06 ކޮޓަރި ހުންނަންވާނެ

މިލޯނުދިނުމުގައި މިވަގުތު އިސްކަންދެވޭނީ ރަށުފަތުރުވެރިކަން ފުޅާދާއިރާއެއްގައި ތަރައްޤީވެފައިނުވާ ސަރަޙައްދުތަކަށް (މިވަގުތު އައު ގެސްޓުހައުސް ޤާއިމް ކުރުމަށް ލޯނު ނުދެވޭނެ ސަރަހައްދުތަކަކީ ގްރޭޓަރ މާލެ ސަރަހައްދު އަދި ކ.މާފުށި)

ރަށު
ފަތުރު
ރަށު ފަތުރު ލޯން ތަޢާރަފްކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމުގެ މަގު ފަހި ކޮށްދިނުމެވެ. "ރަށު ފަތުރު" ގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތަކަށާއި ކުރިއަރަމުންއަންނަ ވިޔަފާރިތަކަށް ފަތުރުވެރިކަމުގެ ދާއިރާ އަދި މިދާއިރާއާއި ގުޅުންހުރި ވިޔަފާރިތަކަށް ވަނުމުގެ ފުރުޞަތު އިތުރަށް ފުޅާވެގެންދާނެއެވެ.
ރަށު ފަތުރު ލޯން ބޭނުންކުރެވިދާނެ މަޤްޞަދު
މިހާރު ހިނގަމުންދާ ގެސްޓްހައުސްގެ މަރާމާތުކުރުމަށް

އަލަށް ފަށާ ގެސްޓްހައުސްތަކަށް

ގެސްޓްހައުސް ވިޔަފާރިއާއި ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް

ދުވަހުން ދުވަހަށް ބޭނުނުންވާ ޚަރަދުތައް ކުރުމަށް

ވިޔަފާރި އިސްތިހާރުކުރުމަށް އަދި ޓެކްނޮލޮޖީ ބޭނުންކޮށްކެން ވިޔަފާރި ކުރިއެރުވުމަށް
